ads
27ގެ ދިފާއުގައި ނުސްވެރިން ކުރި މުޒާހަރާގެ ތެރެއިން-- ފޮޓޯ: ސަން
އަބުރުގެ ބިލަކީ ނޫސްވެރިންނަށް އަމާޒުކޮށް އޮތް އެއްޗެއް ނޫން: އޭޖީ
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ދައުރުގައި ފޮނުވުމަށް ނިންމާފައިވާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު" އަކީ ނޫސްވެރިންނަށް އަމާޒުކޮށްގެން ހުށަހަޅާ ބިލެއް ނޫން ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ދައުރުގައި ހުށަހެޅުމަށް ނިންމާފައިވާ 28 ބިލެއްގެ މައުލޫމާތު އޭޖީ އޮފީހުން އިއްޔެ މީޑިއާތަކާ ހިއްސާކޮށްފައިވާއިރު އޭގެ ތެރޭގައި "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު" ހިމެނެ އެވެ. 

އެ ބިލާއި ގުޅިގެން ގިނަ ފަރާތްތަކުން ސޯޝަލްމީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވުޖޫދަށް ގެނައި އަބުރުގެ ގާނޫނުގޮތަށް މި ބިލު އޮވެދާނެތީ އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ. 

އޭރުގެ މަޖިލީހުން ފާސްކޮށް އަދި މިހާރު ބާތިލުކޮށްފައިވާ އަބުރުގެ ގާނޫނުގައި އަބުރާބެހުމުގެ ކުށް އޮތީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. ސަރުކާރުގެ ފަރާތުން މިހާރު ހުށަހެޅުމަށް ނިންމާފައިވާ ބިލާއި ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް ނިންމާފައިވާ ބިލުގައި އަބުރުގެ ކުށް އޮންނާނި މަދަނީ ކުށެއްގެ ގޮތުގައި ކަމަށެވެ. 

ކުރީގެ އަބުރުގެ ގާނޫނަކީ މީޑިއާތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ހަދާފައިއޮތް ގާނޫނެއްކަމަށް ވީއިރު އެގާނޫނުގެ ދަށުން ނޫސްވެރިންނާއި މީޑިއާތަށް ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރެވެ އެވެ. އަދި ނޫސްވެރިންނަށް ޖަލު ހުކުމް ކުރެވޭގޮތަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ހުސައިން ހަސަން ވިދާޅުވީ މިހާރުގެ ބިލަކީ ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށްގެން ހަދާ ބިލެއް ނޫން ކަމަށެވެ. އަދި އެ ބިލަކީ މިހާރުވެސް އަމަލުކުރަމުން އަންނަ، "އަބުރާބެހުމުގެ ސަބަބުން ބަދަލު ނަގައިދިނުމުގެ ގަވައިދު"އަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ ގޮތުން ހުށަހަޅާ ބިލެއްކަން ފާހަގަކުރެއްވި އެވެ. 

ކުރީ މަޖިލީހުން ފާސްކުރި އަބުރުގެ ގާނޫނާއި ދެކޮޅަށް ނޫސްވެރިން އިހުތިޖާޖްވެސް ކޮށްފައިވެ އެވެ. އަދި އެގާނޫނޫގެ ދަށުން ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖުރިމަނާވެސް ކޮށްފައިވެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް