ads
އިސްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: އެމްޓީސީސީ
އިސްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށް
ލ.އިސްދޫ ބަނދަރު ފުންކުރުމުގެ 26 ޕަސަންޓު މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ލ.އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. 

އެގޮތުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 26 ޕަސަންޓު ނިންމާލާފައި ވާއިރު މި މަޝްރޫއުގެ ދަށުން، 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. 

މީގެ އިތުރުން 1,560 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް މި މަޝްރޫއުގައި ހިމެނެއެވެ. 

ޕްލޭނިން މިނިސްޓްރީން ކުރިއަށްގެންދާ މި މަޝްރޫއުއަށް 34.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޯގަސްޓު މަހުގެ 27 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް