ads
ގާސިމް އަބްދުލްކަރީމް
އެންއައިސީއަށް އައްޔަންކުރުމަށް ރައީސް ހުށަހެޅުއްވި ބޭފުޅާއަށް އާންމުންގެ ހިޔާލު ހޯދަނީ
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) މެމްބަރުކަމަށް އައްޔަންކުރުމަށް ރައީސް ހުށަހަޅުއްވާފައިވާ ފަރާތާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

އެންއައިސީގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ހުށަހަޅުއްވާފައިވާ ފަރާތަކީ ޅ. ނައިފަރު، ނިކަގަސްދަށުގެ، ގާސިމް އަބްދުލްކަރީމް އެވެ.

އެ މަގާމަށް ގާސިމް އަބްދުލްކަރީމް އައްޔަނުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އޮކްޓޫބަރު ފަސް ވަނަ ދުވަހު މަޖިލީހަށް ފޮނުވާފަ އެވެ.

އެކަމާއި ގުޅިގެން މަޖިލީހުން ނެރުނު އިއުލާނެއްގައި ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައީސް ފޮނުއްވާފައިވާ މައްސަލަ 05 އޮކްޓޫބަރު 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި އިއުލާނުކުރުމަށް ފަހު އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ފޮނުއްވި ނަމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާކަން އިއުލާންކޮށް މަޖިލީހުން ބުނީ ގާސިމް އަބްދުލްކަރީމް ގުޅޭގޮތުން ޝަަކުވާއެއްވާނަމަ 12 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީއަށް މެއިލް ކުރަން ޖެހޭނެ ކަމަށެވެ. ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅިދާނެ ކަމަށް ވެސް ބުނެ އެވެ. 

އެންއައިސީގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމަށް ރައީސް ނަން ފޮނުއްވާފައިވާ ފަރާތްތަކާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ވަނީ މިއަދު އިންޓަވިއުވެސް ކޮށްފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް