
ލަންކާ
ދެ މަސް ފަހުން ބޮޑު ކްލާސްޓާއެއް ފެނުމާއެކު ލަންކާގައި އެއްވުން މަނާކޮށްފި
07 އޮކްޓޯބަރ 2020 - 10:45:44
ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ސްރީލަންކާގެ ސަރުކާރުން އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކޮށްފި އެވެ.
ސްރީލަންކާގެ ސަރުކާރުން އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރީ ސްރީލަންކާގެ ގާމެންޓް ފެކްޓަރީއެއްގައި މަސައްކަތަކުރާ 321 ބަޔަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. މިއީ ފާއިތުވެދިޔަ ދެ މަސް ދުވަހަށް ފަހު ސްރީލަންކާއިން ރިޕޯޓުކުރި އެންމެ ބޮޑު ކްލަސްޓާ އެވެ.
އެހެންކަމުން ލަންކާ ސަރުކާރުން ވަނީ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ބަލިޖެހުނު ފަރާތްތައް ގިނަ، ވެރިރަށް ކޮލަމްބޯގެ ދެ އަވަށެއްގައި ކާފިއު އިއުލާންކޮށްފަ އެވެ. އަދި ޔުނިވާސިޓީ ތަކާއި ސްކޫލްތައް ބަންދުކޮށް އާންމު ދަތުރުފަތުރުގެ ހިދުމަތްތައްވެސް ވަނީ މަޑުޖައްސައިލާފަ އެވެ.
މިހާތަނަށް ސްރީލަންކާއިން 3733 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 3259 މީހުން ބަލިން ރަނގަޅުވިއިރު 13 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް