ދަގަނޑު ހޮޅިއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ މީހަކާ، 52 އަހަރުގެ މީހެކެވެ. ދެ މީހުންވެސް ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ހޮޅި ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކީ އައްޑޫ މީހެކެވެ. އަނެއް މީހާއަކީ މަތިވެރީ މީހެކެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި ދެ މީހުންނަކީވެސް ބަންދު ރެކޯޑް އޮންނަ ދެ މީހުންނެވެ.