ads
އޮޒިލް އަދި އާސެނަލްގެ މެސްކޮޓް--
އާސެނަލްގައި ހުރިހާ ދުވަހަކު މެސްކޮޓަށް މުސާރަ ދޭނީ އަހަރެން: އޮޒިލް
ހަރަދު ބޮޑުވާތީ އާސެނަލްއިން ދޫކޮށްލަން ނިންމާފައިވާ އެ ކްލަބުގެ މެސްކޮޓުގެ މުސާރަ، އާސެނަލްގައި ހުރިހާ ދުވަހަކު ދޭން މެސުޓް އޮޒިލް ނިންމައިފިއެވެ.

ހަރަދު ކުޑަ ކުރުމުގެ ގޮތުން އާސެނަލްގެ މެސްކޮޓް "ގަނާސޯރަސް" ދޫކޮށްލަން އެ ކްލަބުން ނިންމުމާއި އެކު އޮޒިލްވަނީ، މެސްކޮޓުގެ މުސާރައިގެ ހުރިހާ ހަރަދެއް އޭނާ ކުރާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކަން އާއްމުކޮށްފައެވެ. އެއާއި އެކު އެތައް ބަޔަކު އަންނަނީ އޮޒިލްއަށް ތައުރީފު ކުރަމުންނެވެ.

އާސެނަލްއާއި އެކު އޮޒިލް ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ނިމޭ އިރު، މި ސީޒަންގައި އޮޒިލް އަދި އެއްވެސް މެޗެއްގައި ނުކުޅެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް