ads
ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުން---
ވެމްކޯއިން ކުނި ނެގުމުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
މާލެސިޓީގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކާއި ބައްދަލުކުރައްވައި، ނައިބު ރައީސް ފައިސަލް ނަސީމް، މަޝްވަރާކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ފައިސަލް ނަސީމް ވިދާޅުވީ، ވެމްކޯ އިން މިހާރު ކުނި ނެގުމުގައި ގެންގުޅޭ ގޮތްތަކާއި އުސޫލުތައް އިތުރަށް ހަރުދަނާކުރުމަކީ ވަރަށް މުހިންމުކަމެއް ކަަމަށެވެ.

އަދި އެ އިދާރާގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ދިނުމުގެ މުހިންމުކަން ނައިބް ރައީސް ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ވެމްކޯއިން މާލެ ސިޓީ ސާފުތާހިރުކޮށް، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަނާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމުގެ އިތުރުން މާލެ ސިޓީ ކައުންސިލާއި ވެމްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

އެ ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ގޮތުގެ މައުލޫމާތު ފައިސަލް ނަސީމްއާ ހިއްސާކުރައްވާފަ އެވެ. 

އަދި ކުނި ނެގުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގެންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް