ads
ޑރ. ޝަހީދު--
10 މީހުންނަށްވުރެ ގިނައިން ރަށަކަށް ކަރަންޓީންވާން ދާނަމަ ޕީސީއާރް ޓެސްޓް މަޖުބޫރުކުރަނީ
ގްރޭޓާ މާލޭ ސަރަހައްދުން އަދި ބޭރުން އަންނަ ބިދޭސީ މަސައްކަތްތެރިންވެސް 10 މީހުންނަށްވުރެ ގިނައިން ރަށަކަށް ކަރަންޓީންވާން ދާނަމަ ޕީސީއާރް ޓެސްޓް މަޖުބޫރުކުރަން ނިންމާފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
Advertisement

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ޑރ. އަހުމަދު ޝަހީދު މިރޭ ވިދާޅުވީ ބައެއް ފަހަރު ސަރުކާރުގެ މަސައްކަތްތަކާއި ކޮންސްޓްރަކްޝަން މަސްކަތްތަކުގެ އިތުރުން ބޭރުންވެސް ބިދޭސީ މަސައްކަތްކުރާ މީހުން އެއްފަހަރާއި ގިނައަދެއްގެ ބަޔަކު ރަށަކަށް ގޮސް ކަރަންޓީީން ވާންޖެހޭ ހާލަތްތައް އަންނަކަމަށާއި އެގޮތަށް ބޮޑު ގުރޫޕެއް ދާނަމަ ވަކިވަކިން އެމީހުން ކަރަންޓީން ކުރުމަށް ދަތިތަށް ދިމާވާކަމަށެވެ.

އަދި މިހާރު އޮންނަގޮތުން އެމީހުން ކަރަންޓީން ކުރެވެމުންދަނީ ގްރޫޕް ކަރަންޓީންގެ ގޮތުގައިކަމަށެވެ. އެހެންވުމުގެ ސަބަބުން އެންމެ މީހަކަށް ކޮވިޑް ޖެހުނުކަމުގައި ވީނަމަވެސް ގިނަ އަދަދެއްގެ ބަޔެއްގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު އޮންނަކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެގޮތަށް ކަރަންޓީން ކުރުމުގައި އެޅޭނެ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިތުރު ގަވާއިދެއް މިހާރު އެކުލަވާލާއި 10 މީހުންނަށް ވުރެ އިތުރަށް އެކީގަ ކަރަންޓީންއަށް ދާ ހަލަތުގަ ވަކިވަކިން ކަރަންޓީންވެ ތިބުމުގެ އިންތިޒާމް ހަމަޖައްސައި ނުދެވޭނަމަ ކަރަންޓީން ވާން ދިއުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަން ޖެހޭގޮތަށް  ހަދަން މަސައްކަތް ކުރަމުންދާކަމަށް ޑރ، ޝަހީދު ވިދާޅުވިއެވެ.

"ގިނަފަހަރު މިވާގޮތަކީ ބޮޑު ގުރޫޕްއެއް ދާނަމަ ވަކިވަކިން އެމީހުން ކަރަންޓީންކުރުމަށް ދަތިތައް ދިމާވެ. މިސާލަކަށް ކޮންސްޓަރަކްޝަން ސައިޓެއްގައި މަސައްކަތްކުރަން ގޮސްފާނެ 150 ވަރަކަށް މީހުންވެސް އެއްފަހަރާ އެހެންވީމަ އެމީހުން ގްރޫޕްގޮތަށް މި ކަރަންޓީން ކުރެވެނީ. ދެން އެގޮތަށް ކަރަންޓީން ކުރުމުގައި އެޅޭނެ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިތުރު ގަވާއިދެއް މިހާރު އެކުލަވާލާފަވާނީ އެއީ ދިހަ މީހުންނަށް ވުރެ އިތުރަށް އެކީގަ ކަރަންޓީންއަށް ދާ ހަލަތުގަ އެމީހުންނަށް ވަކިވަކިން ކަރަންޓީންވެ ތިބުމުގެ އިންތިޒާމް ހަމަޖައްސާ ނުދެވޭނެނަމަ ބައެއް ކަންތައްތަކެއް އެބަޖެހޭ ހަމަޖައްސަން އޭގެ ތެރޭގައި މިގޮތަށް ކަރަންޓީން ވާން ދިއުމުގެ ކުރިން ޕީސިއާރް ޓެސްޓް ހަދަން ތައާރަަފް ކުަރަން މިހާރު އަޅުަގަނޑުމެން ގަސްތުކޮށްފަ މިއޮތީ " ޑރ. ވިދާޅުވިއެވެ.

ގްރޭޓާ މާލޭ ސަރަހައްދުން ރަށަކަށް 10 މީހުންނަށްވުރެ ގިނަ އަދަދެއްގެ މީހުން ދާނަމަ ނުވަތަ ރާއްޖޭން ބޭރުންވެސް ބިދޭސީ މަސައްކަތްތެރިން ރަަށަކަށް ދާނަމަ، ދަތުރުކުރުމުގެ 72 ގަނޑިއިރު ކުރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެކަމަށް ވިދާޅުވިއެވެ. 

ޑރ. ޝަހީދު ވިދާޅުވީ އެގޮތަށް ކަރަންޓީން ކޮށްފައި ބައިތިއްބާއިރު ޕީސީއާރް ޓެސްޓް ނެގެޓިވްވިޔަސް ވައިރަސް އެމީހެއްގެ ހަށިގަނޑުގައި ހުންނަ މީހަކު ކަރަންޓީންއަށް ލާން ޖެހިދާނެކަމަށެވެ. އެހެންވުުމުން އިތުރު ފިޔަވަޅުތައް އަޅަންޖެހޭކަމަށާއި، ޕީސިއާރް ޓެސްޓް ނެގެޓިވް ވެގެން ދިޔުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލަން ޖެހޭ ކަމެއް ނޫންކަމަށެވެ. 

އެގޮތުން ރައްކާތެރިކަމުގެގޮތުން ބޮޑު ގުރޫޕެއް ރަށަކަށް ކަރަންޓީންވާން ދާނަމަ އެ ބަޔެއް ކުދިކުދި ގުރޫޕްތަކަށް ބެހުމަށްފަހު ވަކިވަކިން އެމީހުންގެ އެކަމެންޑޭޝަން ހަަމަޖެއްސުން މުހިންމުކަމަށް ޑރ. ވިދާޅުވިއެވެ.

އަދި އެގޮތަށް ވަކިވަކިން އެކޮމެންޑޭޝަން ހަމަޖައްސާފައި ތިބޭ މީހުން އެއްގުރޫޕް އަނެއް ގުރޫޕާއި މަސްހުނިވުމަކީ ރަނގަޅުކަމެއް ނޫންކަމަަށާއި އެހެންވެއްޖެނަމަ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވިއެވެ. 

ޑރ ޝަހީދު ވިދާޅުވީ ބައެއް ފަހަރު ވަކިވަކިން ބެހެއްޓިފައި ތިބިނަމަވެސް ކެއުމަށްޓަކައި ޑައިނިން އޭރިއާގައި ތިބެގެން ކެވޭތަން އަންނަކަން ފާހަގަކުރެވޭކަމަށެވެ. އަދި އެއީ ކަރަންޓިން އުސޫލާއި ހިލާފްވުންކަމަށްވެސް ޑރ.ޝަހީދު ވިދާޅުވިއެވެ.

އޭގެއިތުރުން އެގޮތަށް ގޮސް ތިބޭއިރު ޕީސިއާރް ޓެސްޓް ނެގެޓިވްވިޔަސް ބަލީގެ އެއްވެސް ނިޝާނެއް ފެންނަނަމަ އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރުމަށްވެސް ޑރ. އިލްތިމާސްކުރެއްވިއެވެ. 

އަދި ކަރަންޓީންގެ އުސޫލާއި އެއްގޮތަށް އަމަލުކުރެވިއްޖެނަމަ ބަލި ރަށުތެރެއަށް ފެތުރުމުގެ ފުރުސަތު ކުޑަވާނެކަންވެސް ޑރ. ފާހަގަކުރެއްވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް