
އެ ޝޯގެ ތިންވަނަ ސީޒަން ނެޓްފްލިކްސްއިން ގެނެސްދޭން ތައްޔާރުވަމުން ދާއިރު، ޓްރެއިލާ ވަނީ ޔޫޓިއުބުގައި އާއްމުކޮށްފަ އެވެ.
ވީޑިއޯގައި ކިމް ރޯ މަންޒަރު ފެންނައިރު އެކަމާ ގުޅޭ ގޮތުން އޭނާ ވާހަކަ ވެސް ދައްކަ އެވެ. ކިމް ބުނަނީ އޭނާއަށް ރޮވެނީ ކީއްވެކަން ނޭނގޭ ކަމަށާއި މިއީ ކުރިން ވެސް އޭނާ ދެއްކި ވާހަކަތަކެއް ކަމަށެވެ.
އިތުރު މަންޒަރެއްގައި ކިމް އާއި ޑޭވިޑް ފިހާރައަކަށް ގޮސް ސެލްފީ ނަގާ، އެއާ ޑްރޮޕް ބޭނުން ކުރާ ތަން ފެނެ އެވެ. ދެން އެ ވީޑިއޯގައި ފެންނަނީ އެހެން ތަރިންނެވެ.
އެގޮތުން އެކްޓަރު ރޮބަޓު ޑައުނީ ޖޫނިއާ ގޭގެ ސްޓޫޑިއޯގައި ބަކަރިތަކަކާއެކު އުޅޭ މަންޒަރާއި ބްލެކް ލައިވްސް މެޓާއާއާ ގުޅޭ ގޮތުން ކޮމީޑިއަން ޑޭވް ޗެޕަލް ވާހަކަދައްކާ މަންޒަރު ދެ މިނެޓުގެ އެ ވީޑިއޯއިން ފެނެ އެވެ.
ހަތަރު އެޕިސޯޑު ހިމެނޭ އެ ޝޯގެ ތިންވަނަ ސީޒަން ނެޓްފިލްކްސްއަށް އަންނާނީ އޮކްޓޯބަރު 21 ވަނަ ދުވަހު އެވެ.