ads
ފެނަކަ އެމްޑީ އަހްމަދު ސައީދު މުހައްމަދު-- ފޮޓޯ: ރާއްޖެއެމްވީ
މުވައްޒަފުން ތަމްރީން ކުރުމަށް ފެނަކަ އިންސްޓިޓިއުޓް ގާއިމްކޮށްފި
ފެނަކައިގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރު ކުރުމަށް "ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް" އުފައްދައިފި އެވެ.

މި އިންސްޓިޓިއުޓަކީ ފެނަކައިގެ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ހާއްސަކޮށް އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީ އިންސްޓިޓިއުޓެއް ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

"މިއަދު ފެނަކައިގައި ވުޖޫދު ކުރެވިގެން ދިޔަ އިންސްޓިޓިއުޓުގެ ހަގީގީ މަގްސަދަކީ ވެސް ކުންފުނީގެ ވަޒީފާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ވޮކޭޝަނަލް ޓްރޭނިން ދިނުމާއި ދެވޭ ހިދުމަތްތަކާ ގުޅޭ ދާއިރާއިން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ،" ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން މި އިންސްޓިޓިއުޓް މެދުވެރިކޮށް ފެނާއި ނަރުދަމާއާ ގުޅުން ހުރި ދިރާސާތަކާއި އިއާދަކުރަނިވި ހަކަތައާ ގުޅުން ހުރި ދިރާސާތައް ކުރެވިގެން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

ފެނަކަ އިންސްޓިޓިއުޓުން ކިޔަވާ ދަރިވަރުންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ހުނަރާއި ގާބިލްކަން ލިބުމުގެ އިތުރުން އެ ފެންވަރުގެ ސެޓްފިކެޓް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.

ތިންހާސް ތިންސަތޭކައަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ފެނަކައިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް