ads
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރުން--
އަނގޮޅެތީމް ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
ރ. އަނގޮޅިތީމު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. 

މިއަދު އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރިއިރު އެ މަޝްރޫއަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެކުންފުންޏާއި ހަވާލުކުރި މަޝްރޫއު އެކެވެ. 

ޕްލޭނިން މިނިސްޓްރީން ބުނީ 44.7 މިލިއަން ރުފިޔާއާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން އަނގޮޅިތީމުގައި 221 މީޓަރުގެ ބޮޑު ހިލަ ބޭރުތޮއްޓެއްލުމާއި 91.44 މީޓަރުގެ އެއްގަމު ތޮއްޓެއްލުމާއި 12 ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން 1110 ސްކެއާ މީޓަރު ޕޭމަންޓަކާއި ފަސް މޫރިން ބްލޮކްސް އަދި 42،000 މީޓަރަށް ބަނދަރު ފުންކުރުން ހިމެނެ އެވެ. 

އޭގެ އިތުރުން 615 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި ދެ ނެރު ބައްތިލުމުގެ އިތުރުން 166 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ދަނީ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް