މުޅިން އަލަށް މިބާވަތުގެ ގަހެއް ރާއްޖެއިން ފެނިފައިވާކަން ހާމަކޮށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ގަސް ފެނިފައި ވަނީ، ހއ. ކެލާ އިން ކަމަށެވެ. އެ ރަށުން އޭގެ އަށް ގަސް ފެނިފައިވާ ކަމަށް ބުނެ އެވެ.
އަދި މީގެ ކުރިން ހެދިފައިވާ ސާވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި ވެސް 2010 ވަނަ އަހަރާއި ހަމަޔަށް ކުރީ އޭގެ އެންމެ 200 ގަސް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ކަނޑޫފާއަކުން އެ ބާވަތް ފެނިގެންދިޔައިރު މިއީ އައިޔޫސީން، ދުނިޔެއިން ނެތިދާނެ ކަމުގެ ބިރުހީވެފައިވާ ގަސްތަކުގެ ތެރޭގައި ހިމަނާފައިވާ ބާވަތެއްގެ ގަހެކެވެ.
ރާއްޖެއިން މުޅިން އަލަށް އެ ބާވަތް ފެނުނީ ކެލާ ކަނޑޫފާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ސާވޭއެއްގެ ތެރެއިންނެވެ.