ads
މޯލްޑިވިއަންގެ ފްލީޓަަށް ގުޅުނު އާ އޭޓީއާރު
ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކޮށްފި
ސްކޫލް ބަންދާ ދިމާކޮށް ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަން އިން ރާއްޖޭގެ މަންޒިލްތަކުގެ އިތުރުން އިންޑިއާއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފިއެވެ.
Advertisement

މިއީ ސްކޫލް ބަންދާ ދިމާކޮށް އޮންނަ ޑިމާންޑަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެކެވެ.

މޯލްޑިވިއަން އިން ބުނީ މި އެއާލައިނުން އިތުރު ދަތުރުތައް ބޭއްވުމަށް ނިންމާފައިވަނީ ސްކޫލް ބަންދާ ދިމާކޮށް ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން 22 ޖުލައި އިން ފެށިގެން 9 އޮގަސްޓް އާ ހަމައަށް، ގަން، ފުވައްމުލަކު ސިޓީ، ކާޑެއްދޫ، ކައްދޫ، ތިމަރަފުށި، ދަރަވަންދޫ، ފުނަދޫ، ކުޅުދުއްފުށި ސިޓީ، މާވަރުލު، ހޯރަފުށި، އިފުރު، ފަރެސްމާތޮޑާ، ކޫއްޑޫ އަދި މާފަރު ހިމެނޭ ގޮތަށް އިތުރު ދަތުރުތައް ރޭވިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

މިހާރު މޯލްޑިވިއަން ގެ ފްލީޓުގައި 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކާއި، އޭޓީއާރު މަރުކާގެ ފަސް މަތިންދާބޯޓު، ޑޭޝް-8 މަރުކާގެ އަށް މަތިންދާބޯޓު އަދި ޑޭޝް-6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނޭކަމަށް އެއަރލައިން އިން ބުންޏެވެ. ކޮންމެ އަހަރަކުވެސް ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރުގެ އިތުރުން ރާއްޖެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްތަކަށް އިތުރު ދަތުރުތައް ބާއްވަމުންދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް