ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިންޑިއާއާ ދެކޮޅު ހަރަކާތުގައި އައިއެސް ކަޅު ދިދަ ބޭނުން ކުރާތީ ކަންބޮޑުވުންފާޅުކޮށްފި
"އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށްދާ ހަރަކާތްތަކުގައި ދީނީގޮތުން ހަރުކަށި ޓެރަރިސްޓް އައިއެސް ޖަމާއަތުގެ ކަޅު ދިދަ ބޭނުން ކުރުމުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދު މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ކަޅުދިދަޔެއް ރަށެއްގައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ. 

އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ އާ ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިއެސްގެ ކަޅު ދިދަ ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. 

އެ ދިދައިގައި މިހާރުވާ ލިޔުން އައިއެސް ދިދައިގެ ލިޔުމަށް ބަދަލުކުރުމަށް ރޭވުމަކީ މިފަދަ ކަންކަމުގައި އާންމު އުކުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމަށް ދިވެހިން ވިސްނުމަށްވެސް ރައީސް ނަޝީދުވަނީ ގޮވާލައްވާފަ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓްކުރައްވާފައިވާއިރު މަޖިލީހުގައި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމަނިކުފާނުވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ހައްދުފަހަނަ އަޅާފައިވާ، ހަރުކަށި ޖަމާއަތްތަކުން ރާވައިގެން ހިންގާ ކެމްޕޭނެއް ކަމަށް ތުހުމަތު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އަދި "އިންޑިއާ އައުޓް" ކެމްޕޭނަކީ ހަރުކަށި ޖަމާއަތުން ހިންގާ މަސައްކަތަކަށް ވާއިރު އެ މަސައްކަތުގެ ތެރެއަށް އެއްވެސް ސިޔާސީ ޕާޓީއެއް ވަދެދާނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް