ads
ސްރީލަންކާ--
ގިނަ ބަޔަކު ޕޮޒިޓިވްވެ ލަންކާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
ދެ މަސް ފަހުން އަވަށްޓެރި ސްރީލަންކާ އިން ކޮވިޑް-19 އަށް ހާހަކަށް ވުރެ ގިނަ ބަޔަކު ޕޮޒިޓިވްވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
Advertisement

ރިޕޯޓުތައް ބުނާ ގޮތުގައި މިއަދު ވެސް އިތުރު ސަރަހައްދަކުން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ އެގައުމުގެ ޗިލޯ ޓައުންގެ މީހަކަށެވެ. އެގޮތުން އެމީހާ ކޮލަމްބޯގައި އޮތް ބުކްފެއާއަކާއި ނޫރަލިޔާއަށް ވެސް ދަތުރުކޮށްފައިވާ ކަމަށް ވެ އެވެ.

އެގައުމުގައި ކޮވިޑް ކޮންޓްރޯލްކުރެވިފައި އޮންނަތާ ގާތްގަނޑަކަށް ދެ މަސް ފަހުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެގައުމުގެ ގާމެންޓް ފެކްޓްރީއެއްގައި މަަސައްކަތްކުރާ މީހެކެވެ. 

އެ ކޭސްއާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު އެގައުމުގެ އެކި ސަރަހައްދުތަކުން ކޮވިޑް ފެންނަމުންދާތީ މިހާރު ވަނީ އެއްވުން ވެސް މަނާކޮށްފަ އެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ކާފިއު ހިންގަމުން އަންނައިރު މީހުން އެއްވެ އުޅުން ވެސް މަނާކޮށްފައިވާއިރު ސްކޫލުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. 

އޭގެ އިތުރުން ބާތަކާއި ސްޕާތައް އަދި ރެސްޓޯރަންޓުތަަކާއި ނައިޓްކްލަބްތައް ވެސް ބަލި ފެތުރެމުންދާތީ ވަނީ ބަންދުކޮށްފަ އެވެ. 

ލަންކާ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 4459 އަށް އަރާފައިވާއިރު އެގައުމުން އެބަލީގައި 13 މީހަކު މަރުވި އެވެ. އަދި 3278 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް