ads
ކަނޑުހުޅުދޫ--
ކަނޑުހުޅުދޫއިން އަންހެނަކު ކޮވިޑައަށް ޕޮޒިޓިވްވެއްޖެ
ގއ. ކަނޑުހުޅުދޫއިން އަންހެނަކު ކޮވިޑަ-19 އަށް ޕޮޒިޓިވް ޕޮޒިޓިވްވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ވިދާޅުވީ އެރަށުން 28 އަހަރުގެ އަންހެނަކު ހޯމް ކަރަންޓީންގައި ހުއްޓާ ބައްޔަށް ޝައްކުކުރެވިގެން މިމަހުގެ ހަތްވަނަ ދުވަހު ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އެއަށްފަހު ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނުއިރު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންތައްތަށް މިހާރު ބަލަމަުންދާކަމަށެވެ. 

ޝަހީމް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ކަރަންޓީން ގައި ހުއްޓަކަމަށްވާތީ ރަށުގެ އިތުރު މީހަކަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށެވެ. 

މިއީ ކަނޑުހުޅުދޫއިން ކޮވިޑް-19 ގެ ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ. 

މީގެ އިތުރުން 14 ދުވަސް ހަމަކުރުމަށްފަހު ކަރަންޓީން ރިލީޒްއަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ގދ. ތިނަދޫއިންވެސް ދެ މީހުން މިއަދުވަނީ ޕޮޒިޓިވްވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް