ads
ކައިލީ އަދި ކެންޑަލް--
ކީޕިން އަޕް ވިތް ދަ ކޭޑާޝަންސްގައި ކައިލީ އާއި ކެންޑަލްގެ ތަޅާފޮޅުންގަނޑެއް
"ކީޕިން އަޕް ވިތް ދަ ކާޑޭޝަންސް" ޝޯގައި ދޭތެރެއަކުން ތަރިންތައް އެކަކު އަނެކަކާ ޒުވާބުކޮށް ހަދާ މަންޒަރު ފެނެ އެވެ. އެގޮތުން އެންމެ ފަހުން ދެއްކި އެޕިސޯޑުގައި މިވަނީ ކައިލީ އާއި ކެންޑަލްގެ ކުރިމަތިލުމެެއް ފެނިގެން ގޮސްފަ އެވެ.
Advertisement

ކެންޑަލް އާއި ކައިލީ ޒުވާބުކޮށް ތަޅާ ފޮޅަށް ފެށުމުން އެކަން ހުއްޓުވާފައި ވަނީ އެމީހުންގެ މަންމަ އަދި މެނޭޖަރު ކްރިސް ޖެނާ އެވެ. އޭގެ ކުރިން މި އަހަރުގެ ކުރީކޮޅު ދެއްކި އެޕިސޯޑެއްގައި ކޯޓްނީ އާއި ކިމް ތަޅާފޮޅާ މަންޒަރު ވެސް އޭނާއަށް ފެނުނެވެ. 

އެއާއެކް ކްރިސް ނިންމާފައި ވަނީ އާއިލާ އެކުގައި ޗުއްޓީ ދިޔުމަށެވެ. ކެލިފޯނިއާގައި ހުންނަ އެ އާއިލާގެ ޕާމް ސްޕްރިންގް ގެޔަށް ދާއިރު، ކައިލީ ބައިވެރިއެއް ނުވެ އެވެ. އެކަމާ ގުޅިގެން ކެންޑަލް ބުނެފައި ވަނީ އާއިލާގެ ދަތުރުތަކުގައި ކައިލީ ވަރަށް ގިނައިން ބައިވެރި ނުވާ ކަމަށެވެ.

ނަމަވެސް ކައިލީ އެ ވަގުތު ހުރީ ލޮސް އެންޖެލަސްގައި އޭނާގެ އެންމެ ގާތް އެކުވެރިޔާގެ އުފަން ދުވަސް ފާހަގަ ކުރާށެވެ. ފަހުން އާއިލާ އާއެކު ޗުއްޓީގައި ބައިވެރިވުމަށް ކައިލީ ވެސް ދެއެވެ. އެކަމަކު ކެންޑަލް ލާން ބޭނުންވާ ހެދުމެއް ކައިލީ ލައިގެން ހުރުމުން މައްސަލަ ޖެހެ އެވެ.

އެ މައްސަލާގައި ޒުވާބު ކުރުމަށް ފަހު މުޅި ރޭ ކައިލީ އާއި ކެންޑަލް ތަޅާފޮޅާ މަންޒަރު އެންމެ ފަހު އެޕިސޯޑުން ފެނެ އެވެ. އެކަމާ ގުޅިގެން ކެންޑަލް ބުނެފައި ވަނީ އޭނާގެ ކޮއްކޮ އެފަދަ ގޮތަކަށް އުޅޭތީ ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ.

މެދުކެނޑުމެއް ނެތި 14 އަހަރު ދައްކާފައިވާ ެ ޝޯގެ 20 ވަނަ ސީޒަނަށް ފަހު ވަރަށް އަވަހަށް އެއްކޮށް ނިންމާލާނެ ކަމަށް މިދިޔަ މަހު ވަނީ އިއުލާންކޮށްފަ އެވެ. އެ ޝޯ އަކީ ކާޑޭޝަން އަދި ޖެނާ އާއިލާގެ ކަންކަން ދައްކުވައިދޭ ރިއެލިޓީ ޝޯ އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް