ހެރީ އާއި މޭގަންގެ ވަކީލު ބުނީ "އެކްސް 17" އޭޖެންސީން މައާފަށް އެދުނީ ކޯޓުގައި ކުރިއަށް ދިޔަ މައްސަލަ އެދެމަފިރިންނާ އެއްކޮޅަށް ނިމުމުން ކަމަށެވެ.
މައާފަށް އެދުމުގެ އިތުރުން ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދިޔަ ހަރަދުން ބައެއް ދައްކާނެ ކަމަށް ވެސް އެ އޭޖެންސީން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު އެހެން އޭޖެންސީންއަކުން ވެސް ވަނީ ހެލިކޮޕްޓަރެއްގައި ގޮސް އެ ދެމަފިރިން ދިރިއުޅޭ ގޭގެ ފޮޓޯތަކެއް ނެގި މައްސަލާގައި މައާފަށް އެދި ބަދަލު ދޭން އެއްބަސްވެފަ އެވެ.