ads
ފުލުހުން ކުރިން އަތުލައިގަތް ކްރިސްޓަލް މެތް--
ބައި ކިލޯ މެތްއާއެކު ފެންފުށިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތުގެ ބައި ކިލޯއަށް ވުރެ ގިނަ ތަކެއްޗާއެކު އދ. ފެންފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ ތަކެތި ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ފެންފުށީގެ ގެޔެއް ބަލާ ފާސްކުރަނިކޮށެވެ. އެ ގެއިން 536.2 ގްރާމްގެ މެތް އަތުލައިގަނެ، އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވެއެވެ. 

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސާއި ފެންފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. 

އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެ މީހާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު ކްރިސްޓަލް މެތް ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ކޮތަޅާއި ރަބަރު ޕެކެޓެއް ފެނިފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރި މީހާއަކީ އދ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. 

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމަށް 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ވަނީ އަމުރެއް ނެރިފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފެންފުށި އަދި މަހިބަދޫގެ ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް