ads
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ-- ފޮޓޯ: ޕީއެސްއެމް
ކުޑަކުދިންގެ ހިޔާއަށް ވަދެނިކުމެ އުޅުން ވަގުތީ ގޮތުން މެދުކަނޑާލައިފި
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެތަނަށް ވަދެނިކުމެ އުޅުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖެއްގެ ގައިން ބަލީގެ އަލާމާތް ފެނިގެން ޓެސްޓް ކުރިއިރު އެ ދެ ކުދިން ވެސް ޕޮޒިޓިވްވުމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔަނެއްގައި ބުނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)ގެ އިރުޝާދުގެ ދަށުން އެ ދެ ކުދިން ވަކި ފެސިލިޓީއަކަށް ގެންދިއުމަށް ވަނީ ނިންމާއިފައި ކަމަށާއި އެ ކުދިންގެ ހާލު ރަނގަޅު ކަަމަށެވެ.

ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށް ވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޗްޕީއޭ އަދި އެޗްއޯއީސީއިން ދީފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

ކަމާ ގުޅުން ހުރި އިދާރާތަކާއި، މޮނިޓާކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށް ފަހު، ޕޮޒިޓިވްވި ކުދިންނާ އެއް ފަންގިފިލާގައި ދިރިއުޅެމުންދާ ކުދިންނާއި އެ ކުދިން ބެލެހެއްޓުމަށް ތިބި ކެއާ ވޯކަރުންނާއި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ އެހެން ކުދިންނާއި ބައްދަލުނުވާނެ ގޮތަށް އެ ސާވިސް އިން ވާނީ އިންތިޒާމުތައް ހަމަޖައްސާފައި ކަމަށް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ހިޔާއަށް ވަދެ ނިކުމެ އުޅުން މި ވަގުތު ހުއްޓާލާފައިވާ ކަމަށް ފާހަގަކޮށްފައި ވެއެވެ.

ޖެންޑާ މިނިސްޓްރީން އިިތުރަށް ބުނީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށާއި ކަމުގެ ސައްހަ މައުލޫމާތު އެ ސާވިސް އާ ގުޅިގެން ހޯދުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އިއްޔެ ފެނުނު ކޭސްއާ ގުޅިގެން 89 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު ކުއްޖެއްގެ ގައިން އިއްޔެ ބަލީގެ އަލާމާތް ފެނިގެން ޓެސްޓްކުރިިއިރު ނެގެޓިވް ކަމަށް ޑރ. ނަޒްލާ ވިދާޅުވެ އެވެ. 

ހިޔާ އާއި ފިޔަވައްޗަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ދެ މަރުކަޒެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް