ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މަޖިލީހުގައި އުޅުނުއިރު ޗައިނާ އާއި އެކު ހަދަން އުޅުނު އެއްބަސްވުމާއި ދެކޮޅަށް އަޑުއުފުލާފައިވާނެ ކަަމަށެވެ. އެއްހާހަށް ވުރެއް ގިނަ ގަނޑުހުރި އެ އެގްރީމެންޓް މަޖިލީހުގައި ބެލުމަށް ލިބުނީ ގަޑިއެއްހާރި ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ. އަދި ފްރީ ޓްރޭޑް އެގްރިމެންޓަކީ ސޮއިކުރުމަށް ހެޔޮވާވަރުގެ އެއްޗެއް ނޫންކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.
ކޮންމެ ކަމެއްގައި ވެސް ރަނގަޅާއި ގޮހާ ހުންނާނެ ކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެ އެގްރީމެންޓްގައި ރަނގަޅު ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ. އަދި އޭގެން ރާއްޖޭގެ އިގްތިސާދަށް ގެއްލުން ކުރާނޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
އެ އެގްރީމެންޓްގެ ދަށުން އަގު ހެޔޮކޮށް ޗައިނާ އިން މުދާ އެތެރެ ކުރެވިދާނެ ކަމަށާއި، އަދި ޗައިނާ ކަހަލަ ގައުމެއްގެ މުދަލުން ސުން ޕަސެންޓް އިނދެފައި، އެހެން ގައުމުތަކުގެ މުދަލުން ބޮޑު ޕަސެންޓެއް ޑިއުޓީއާ އެއްކޮށް އައުމުން އެއްގައުމަކަށް އިގްތިސާދު ބަރޯސާވީ ކަމަށް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ޒަމާނުއްސުރެއް ގާއިމުވެފައިވާ ވިޔަފާރީގެ ގުޅުންތައް ހަލާކުވެ ދާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ އިގްތިސާދީ މިނިސްޓަރަކަށް ހުރެ އެ އެގްރިމެންޓް މިހާރު އޮތްގޮތަށް ކުރިއަށް ގެންދިއުމަކީ ކުރާނެ ކަމެއް ނޫންކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ ނިންމުމަކީ އެގްރީމެންޓް ރިވިއު ކުރުމުގެ ކަންތައްތަކެއް ކުރިއަށް ގެންދިއުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.