ads
ސީއެސްސީގެ މެމްބަރުން ރައީސް ސޯލިހާ ބައްދަލުކުރައްވަނީ--
މާލީ ކަންކަން ބަލަހައްޓަން ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމު އުފައްދައިފި
ސަރުކާރު އޮފީސްތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށް "ޗީފް އެކައުންޓްސް އެގްޒެކެޓިވް" ގެ ނަމުގައި ހާއްސަ މަގާމެއް އުފައްދަވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީއަށް ޗީފް އެކައުންޓްސް އެގްޒެކެޓިވެއް ހޯދަން އިއުލާނުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. 

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. 

ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ އަސާސީ ޝަރުތަކީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައިއެސްއޭސީ) އިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއްގެ ކޮލިފައިޑް އެކައުންޓެންޓަކަށް ވުމެވެ. 

އޭގެ އިތުރުން ޕަބްލިކް ފައިނޭންސްގެ ދާއިރާގައި ހަ އަހަރުގެ ތަޖުރިބާ ހޯދާފައިވުން ނުވަތަ އެކައުންޓިން ދާއިރާގައި އަށް އަހަރުގެ ތަޖުރިބާ ހޯދާފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. 

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމު އުފައްދަނީ މިނިސްޓްރީތަކުގެ ބިޑް ކޮމިޓީގައި ސިޔާސީ ނުފޫޒު ކުޑަ ކުރުމަށް ކަމަށެވެ. 

ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ އަސާސީ މުސާރައިގެ ގޮތުގައި 25،000 ރުފިޔާ ކަނޑައަޅާފައި ވާއިރު، ޖޮބް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ރަސްމީ ދުވަހަކަށް 1،176 ރުފިޔާ ކަނޑައަޅާފައި ވެއެވެ. 

އެ މަގާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި އަމަލުކުރާނީ ސީއެސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް