ads
އީރާންގައި ބަޔަކު މާސްކް އަޅައިގެން. ފޮޓޯ: ޓެލެޓްރޭޑަރ.ކޮމް
އީރާންގެ އެހެނިހެން ރަށްތަކުގައި މާސްކްއެޅުމަށް މަޖުބޫރުކޮށް ފިޔަވަޅުތައް ވަރުގަދަކުރަނީ!
އީރާންގެ އެހެނިހެން ރަށްތަކުގައި މާސްކް އެޅުމަށް މަޖުބޫރުކުރުމަށް އެ ގައުމުން ނިންމައިފިއެވެ.

އީރާނުން އެގޮތަށް ނިންމައިފައިވާއިރު، އެގައުމުގެ ވެރިރަށް ތެހެރާންގައި މާސްކް އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. އީރާންގެ ރައީސް ހަސަން ރޫހާނީ ވަނީ ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އީރާންގެ ހެލްތް މިނިސްޓަރ ސައީދު ނަމަކީ ވަނީ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެގައުމުގެ ފުލުހުންނާއި، ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ނަމަކީ ވިދާޅުވީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އީރާންގެ ދެން ހުރި ރަށްތަކުގައި ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށެވެ.

އޮކްޓޯބަރ 3 އިން ފެށިގެން އީރާނުންވަނީ ވެރިރަށް ތެހެރާންގެ މަދަރުސާތަކާއި، މިސްކިތްތަކާއި، ފިހާރަތަކާއި، އަދި އެހެނިހެން އާންމުން އެއްވެ އުޅޭ ތަންތަން ހަފްތާއެއްގެ މުއްދަތަކަށް ބަންދުކޮށްފައެވެ. ތެހެރާންގެ މޭޔަރ ވަނީ އިތުރު އެއް ހަފްތާއަށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

މިދިޔަ ހަފްތާގައި ކޮވިޑް-19 ޖެހިގެން އީރާނުން 1547 މަރުވެފައިވާ އިރު، ބުދަ ދުވަހު އެކަނިވެސް 239 މީހުން މަރުވެފައިވެއެވެ. މެދުއިރުމަތީ ގައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ގައި މަރުވެފައިވަނީ އީރާނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް