ކޮވިޑާ ގުޅިގެން ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށް ފަހު ޒްލަޓާން އެނބުރި ޕްރެކްޓިހަށް ނުކުތީ އާދިއްތަ ދުވަހުއެވެ.
ކޮވިޑުން ރަނގަޅުވެ ޒްލަޓާން އެނބުރި ޕްރެކްޓިހަށް ނުކުތުމާ ގުޅިގެން، އިޓާލިއަން ލީގުގައި އަންނަ ހަފުތާ ބަންދުގައި އޭސީ މިލާނުން، އިންޓަމިލާނާ ދެކޮޅަށް ކުޅޭ މެޗުގައި ޒްލަޓާން ކުޅުމުގެ ފުރުސަތު ބޮޑެވެ.
ކޮވިޑާ ގުޅިގެން އައިސޮލޭޓް ކުރުމުގެ ކުރިން ކުޅުނު މެޗުގައި ޒްލަޓާންވަނީ މޮޅު ކުޅުމެއް ދައްކައި ގޯލްވެސް ޖަހާފައެވެ.
ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޓްކޮށްފައި ހުރި މުއްދަތުގައި ޒްލަޓާންގެ ހަށިގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ނެތްކަމާއި ހާލު ރަނގަޅު ކަމަށް އޭސީ މިލާނުންވަނީ ބުނެފައެވެ.