ads
ކަރިސްމާ އާއި ކަރީނާ--
ކަރިސްމާ އާއި ކަރީނާގެ ތެރެއިން ކިޔެވުމަށް މޮޅީ ކާކުކަން އެނގޭތަ؟
ކަރިސްމާ އާއި ކަރީނާގެ ތެރެއިން ކިޔެވުމަށް މޮޅީ ކަރިސްމާއަކީ އެމީހުންގެ ބައްޕަ ރަންދީރް ކަޕޫރު ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަރިސްމާ އާއި ކަރީނާގެ ތެރެއިން ކިޔެވުމަށް މޮޅީ ކާކުތާ ސުވާލު ކުރުމުން ރަންދީރު ބުނީ ކަރިސްމާ ކަމަށެވެ. 

އޭގެ އިތުރުން ރަންދީރު ދެކެ އެންމެ ލޯބިވަނީ ކާކުތޯ އާއި އެމީހުންގެ މަންމަ ބަބީތާ ދެކެ އެންމެ ލޯބިވަނީ ކާކުތޯ ވެސް ސުވާލުކޮށްފައި ވެއެވެ.

ރަންދީރު ބުނެފައި ވަނީ އެ ދެ ތަރިން ވެސް މަންމަ އާއި ބައްޕަ ދެކެ ލޯބިވާ ކަމަށެވެ. އޭގެ އިތުރުން ރަންދީރުގެ އިންސްޓަގްރާމް އެކައުންޓު ހެދީ ކަރީނާ އާއި ކަރިސްމާ އެދިގެން ކަމަށް ވެސް އޭނާ ބުންޏެވެ. 

ކަރީނާ އާއި ފިރިމީހާ އަދި އެކްޓަރު ސައިފް އަލީ ހާންގެ އިތުރުން އެމީހުންގެ ދަރިފުޅު ތައިމޫރު މި ވަގުތު ތިބީ ޗުއްޓީގަ އެވެ.

އެއަށްފަހު ކަރީނާ ދަނީ ނިއުދިއްލީ އަށް އާމިރް ހާނާއެކު ފެނިގެންދާ ފިލްމު "ލާލް ސިންގް ޗައްދާ" ގެ ޝޫޓިން ފެށުމަށެވެ. 

ކަރީނާ ދެވަނަ ދަރިއަކަށް ބަލިވެއިން އިރު މިހާރު ބަނޑަށް ފަސް މަހެވެ. އެހެންވެ އާމިރު ހާން ވަނީ ކްރޫ އަށް އަންގާފައި ވަނީ ވީހާވެސް މަދު ބަޔަކު ޝޫޓިންގައި ތިބުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް