ads
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އޯވާ ވޯޓާ ލިވިން ކޮންސެޕްޓެއް ތައްޔާރުކޮށްފި
އޯވާ ވޯޓާ ލިވިން ކޮންސެޕްޓެއް ތައްޔާރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ގުޅޭގޮތުން މިނިސްޓަރު އަސްލަމް ވަނީ މަޖިލީހަށް ވަޑައިގެން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މީގެ ކުރިން މަޖިލީހުގައި ފެނުމަތީގައި ގެއަޅައިގެން އުޅޭ ވާހަކަ ދެއްކުމުން އެކަމަށް ފާޑުކިޔުން އަމާޒުވި ކަމަށެވެ. އެހެން ނަމަވެސް ކޮންމެ އާކަމަކަށް ވެސް ފާޑުކިޔުން އަންނާނެ ކަމަށާއި އަދި އެކަމެއް ރަނގަޅުތަނެއްގައި ޖެހޭނީ ފާޑުކިޔައިގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ ފެނުންމެތީގައި ގެ އަޅައިގެން އުޅުމުގެ ކޮންސެޕްޓަކީ އެމަނިކުފާނު ދޫކޮށްލުމަށް ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި އެކު ދިވެހިން ދިރިއުޅުމަށް ބިން ބޭނުންކުރެވޭނޭ ގޮތެއް ހޯދުމަކީ މިވަގުތު ކުރަންޖެހޭ ކަމެއްކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ އޯވާ ވޯޓާ ލިވިން މޮޑަލް އެއް މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ. 

"ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި އަޅުގަނޑުމެން މިހާރުވެސް ހަމަގައިމުވެސް އެބޮތް މޮޑަލްއެއް ހަދާފަ، އެގޮތަށް ބިން ބޭނުން ކުރެވޭނެ. މުޅިޔަކުން ފުރިހަމަ ނުވިނަމަވެސް ކޮންސެޕްޓެއް އެބޮތް އަޅުގަނޑުމެނަށް ހެދިފައި."

މިނިސްޓަރު އަސްލަމް ވިދާޅުވީ މިގޮތަށް އެކުލަވާލެވޭ ޕްލޭނާއި އަޅާކިޔަން ޖެހެނީ ބިން ހިއްކުމަށްފަހު އޮންނަ ބިމުގެ އަގާއި އޯވާ ވޯޓާ ލިވިންއަށް އަކަފޫޓަކަށްދާ އަގާކަމަށެވެ. އަދި އެގޮތަށް އަގުގެ ތަފާތު މިނުމަށްފަހު ދެން ކުރިއަށްދާންވީ ގޮތެއް ކަނޑައެޅޭނެކަން ފާހަގަކުރެއްވި އެވެ. 

މިއަހަރުގެ ފެބްރުއަރީ މަހުވެސް މަޖިލީހުގައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ވަނީ އޯވާ ވޯޓާ ލިވިންގައި އުޅޭ ބަޔަކަށްވާން ދިވެހިން ވިސްނުން ގެންގުޅެންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް