މެޗުގައި ކުރިން ލަނޑު ޖަހައި ކުރި ހޯދީ ބެލްޖިއަމުންނެވެ. ބެލްޖިއަމްއަށް ކުރި ހޯދައިދިނީ ލިބުނު ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫއެވެ.
އިންގްލެންޑުން އެއްވަރު ކުރީވެސް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ޖަހައިދިނީ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑްއެވެ. އަދި އިންގްލެންޑަށް ކުރި ހޯދައިދިނީ މޭސަން މައުންޓްއެވެ.
ރޭގެ މޮޅާއި އެކު ގްރޫޕުގެ އެއްވަނައަށް އިންގްލެންޑުން އެރީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ދެ ވަނައިގައި ބެލްޖިއަމް އޮތީ ހަ ޕޮއިންޓާ އެކު އެވެ.