ads
ހދ. ވައިކަރަދޫ ކަނޑޫފަލުގެ ބޮޑު ބަޔެއް މަރުވެފައި-- ފޮޓޯ: އަލީ ރިފްހާން
ވައިކަރަދޫގެ ކަނޑޫފަލުން ކަނޑޫ ހޮވުން މަނާ ކޮށްފި
ހދ. ވައިކަރަދޫ ކަނޑޫފަލުން ކަނޑޫ ހޮވުމާއި އެއްވެސް ބާވަތެއްގެ ގަސް ކެނޑުން މަނާ ކޮށްފި އެވެ.
Advertisement

އެކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ވައިކަަރަދޫ ކައުންސިލްގެ ރައީސް އަހްމަދު ނަސީމް ވިދާޅުވީ ކައުންސިލުން ހުއްދަ ހޯދައިގެންނާއި ހުއްދަ ނުހޯދާވެސް ދިރިއުޅުމުގެ ބައެއް ކަންކަމަށް މީގެ ކުރިން ކަނޑޫ ކޮންމެވެސް ވަރަކަށް ކަނޑަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މިހާރަކަށް އައިސް އެކައުންސިލްގެ ހުއްދަނެތި ރަށުގެ ކަނޑޫފަލުން ކަނޑޫގަސް ކަނޑާކަމަށް އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހިމާޔަތްކޮށްފައިވާ ވައިކަރަދޫގެ ކަނޑޫފާ ހަލާކުވެ މަރުވާން ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ.

ކައުންސިލްގެ ރައީސް ނަސީމް ވިދާޅުވީ މި ދުވަސްވަރަކީ ކަނޑޫފަލުން އަދަޔާ ހިލާފަށް ގިނަ އަދަދެއްގެ ކުނޑޫގަސް މަރުވަމުންދާ ދުވަސްރެއް ކަމަށްވުމުން މިފަދަ ދުވަސް ވަރެއްގައި ރޯ ނުވަތަ ކަނޑޫ ގަސް ވިޔަސް ކެނޑުމަކީ އެކަމުގެ ސަބަބުން، 100 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބެލެވޭ އެ ރަށުގެ ކަނޑު ފަލަށް ލިބިގެންދާނެ އިތުރު ގެއްލުމަކަށް ވާނެކަމަށެވެ. 

އެހެންކަމުން އިއްޔެއިން ފެށިގެން އެކައުންސިލުންވަނީ ވަކިގޮތެއް އަންގަންދެން، ކައުންސިލްގެ ހުއްދަނެތި ކަނޑޫފަލުން އެއްވެސް ބާވަތެއްގެ ގަހެއް ކެނޑުމާއި، ކަނޑޫ ހޮވުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައެވެ.

ނަސީމް ވިދާޅުވީ އެގޮތަށް ކަނޑައަޅާފައިވަނީ ކަނޑޫފަލަށް ލިބެމުންދާ ގެއްލުންތައް ކަމާގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްގެން އެފަރާތްތަކާއި ގުޅިގެން އެ މައްސަލަތައް ބަލަމުން ދާތީ އާއި ކަނޑޫ ކެނޑުމުން ކަނޑޫފަލަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ކަމަށެވެ.

ނަސީމް ވިދާޅުވީ ކަނޑޫފަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދުވަސްވަރެއްގައި ކަނޑޫފަލުގެ އެތެރެއަށް ވަދެ ކަނޑޫ ގަސް ކަނޑުމުން ހަލާކުވަމުންދާ ބަޔަށްވުރެ ބޮޑު ބަޔަކަށް އިތުރު ގެއްލުންތަކެއްވެސް ލިބެމުންދާކަމަށެވެ. އެހެންކަމުން ކަނޑޫފާ އަލުން އާރާސްތު ކުރެވޭތޯ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަން އޭނަ ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތައް އެއްބާރުލުން ދެއްވުމަށް އޭނަ އެދިވަޑައިގަތެވެ.

އެ ކައުންސިލުން ދަނީ ކަނޑޫފަލަށް ދިމާވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް އެކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ކުރަމުންނެވެ. އަދި މިހާރު އެކަމުގެ ތަމްރީންތައް ރަށުގެ ފަސް ކުއްޖަކަށް ދެމުންދާކަމަށް ކައުންސިލުން ބުނެއެވެ.

ނަސީމް ވިދާޅުވީ ކަނޑޫފަލުގެ ގަސްތައް ހިކިވެ ކަނޑޫފާ އެއްކޮށް މަރުވަަމުންދާކަަމަށެވެ. ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ގަހެއް ވައިކަރަދޫ ކަނޑޫފަލުންވެސް ފެނިފައިވާކަމަށް ނަސީމް ވިދާޅުވިއެވެ.

ވައިކަރަދޫގެ އިސް ރަށްވެހިން ބުނާގޮތުން ވައިކަރަދޫ ކަނޑޫފަލަކީ އާދާގެ ވަރަކަށް ބޮޑު، ކަނޑުލުގެ ބާވަތްތަކުން މުއްސަދިވެފައިވާ ކަނޑޫފަލެކެވެ. އެހެންނަަމަވެސް އެކި ދުވަސްވަރުމަތިން ކަނޑޫފާ ހަލާކުވަމުން އައިސް މިހާރު ކަނޑޫފާ ވަނީ ވަރަށް ބޮޑަށް ކުނޑަވެފައި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. ނަސީމް ވިދާޅުވީ މިހާރު ކަނޑޫފަލަށް ލިބެމުންދާ ގެއްލުންތަކަކީ ކަނޑޫފަލުން ގިނަ އަދަދެއްގެ ގަސް ކެނޑުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކެއް ކަމަށެވެ. 

ވައިކަރަދޫ ކަނޑޫފަލަށް ދިމާވެފައި މިވާ މައްސަލަ ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ރަށްތަކުގެ ކަނޑޫފާތަކަށް ވެސް ދަނީ ދިމާވަމުންނެވެ.  

ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ ކަނޑޫފާތަކުގެ ކަނޑުލަކީ އިހުގައި ކާންބަފައިން ކެއުމަށް ބޭނުންކުރި މުހިންމު ބާވަތެކެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން އިގްތިސާދަށްވެސް ލޮޅުން އަރާފައިވާ މިދަނޑިވަޅުގައި ކަނޑޫފާ ފަދަ ކެއުމަށް ބޭނުންކުރެވިދާނެ މުހިންމު އެއްޗެއް ހިމާޔަތް ކޮށް ގިނަ ދުވަސްތަކަކަށް ބޭނުން ހިފޭނެގޮތަކަށް ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަމަކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް