ads
ސްޓެލްކޯ މައި އޮފީސް--- ފޮޓޯ: ސީއެންއެމް
"ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑް ސްޓެލްކޯއަށް
ސަރަހައްދީ ފެންވަރުގެ ބައިނަލްއަގުވާމީ އެވޯޑެއް ކަމަށްވާ "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް ލިބިއްޖެ އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" ގެ އެވޯޑް އެ ކުންފުންޏަށް ލިބިފައިވަނީ އެކުންފުނީގެ އެންމެ މުހިންމު އެއް ރައުސުލްމާލު ކަމުގައިވާ، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ހިތްހަމަޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލަފަޔާއި އިރުޝާދާއި އެކު، އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. 

ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެމަތިން ކުންފުނި ހިންގުމުގައި ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކޮށް، ބޭނުން ކުރުމާއި، ކުންފުނި ހިންގުމާއި އޯވާރޯލް ޕާފޯމެންސް އަދި ގަވާނެންސް ހަރުދަނާވުމުގެ އިތުރުން މިކުންފުނީގެ ގްރީންލައިފް އިނިޝިއޭޓިވަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމު މީގެ ތެރޭގައި ހިމެނޭކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. އަދ ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ އަދި އަޅަމުންގެންދާ ނަމޫނާ ފިޔަވަޅުތައް ހިމެނޭކަން ފާހަގަކޮށްފައިވެ އެވެ. 

"އެގޮތުން މިކުންފުނީގެ ވަޒީފާއަދާކުރުމުގެ ފުރުސަތުދީ، މުޖުތަމައުއަށާއި، މިކުންފުންޏަށް ބޭނުންތެރިބައެއްގެ ގޮތުގައި ހާއްސައެހީއަށް ބޭނުންވާ ބައެއް ފަރާތްތަކެއް ހެދުމާއި، ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކަސްރަތު ކުރުމަށް ޖިމެއް ގާއިމް ކުރުން ހިމެނެއެވެ." ސްޓެލްކޯއިން ބުނެފައިވެ އެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނެފައިވަނީ މިދާއިރާއިން އަންހެނުން ބިނާކޮށް ބާރުވެރި ކުރުވުމަށް އަންހެނުންނަށް ހާއްސަކޮށްގެން އިލެކްޓްރީޝަން ކޯސް ހިންގުމަކީވެސް އެ ކުންފުންޏަށް މި އެވޯޑް ލިބުނު އެއްސަބަބު ކަމަށެވެ. 

އަދި އެކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ތިބެ ނިޔާވާފަރާތްތަކުގެ 18 އަހަރުން ދަށުގެ ކުދިންނަށް 18 އަހަރު ވަންދެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މާބަނޑު އަންހެނުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި ހަ މަސްދުވަސް ހަމަޖެއްސުމުގެ އިތުރުން، ލީވް ނިމުމަށްފަހު އަލުން މަސައްކަތުގެ މާހައުލަށް ނިކުތުމުން 2 ގަޑި އިރުގެ ބްރޭކެއް ހަމަޖައްސައިދިނުމަކީވެސް އެ ކުންފުންޏަށް މި އެވޯޑް ލިބުނު އެއް ސަބަބުކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި ހައްޖާއި، އުމްރާގެ ފުރުސަތާއި، މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކަކީވެސް އެވޯޑް ލިބުނު ސަބަބެއްގެ ގޮތުގައި ސްޓެލްކޯއިން ފާހަގަކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް