ads
ކޮލަމާފުށި--
ގއ. ކޮލަމާފުށިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ގއ. ކޮލަމާފުށީގައި ކަރަންޓީނުގައި ހުރި އުމުރުން 44 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ ރަށުން އަލަށް މީހަކު ޕޮޒިޓިވްވެފައި ވާއިރު، އެ އަންހެން މީހާއަކީ ބޭސް ފަރުވާއަށް މާލޭގައި އުޅުމަށް ފަހު ރަށަށް އެނބުރި ދިޔަ މީހެކެވެ.

އޭނާއާއެކު އޭނާގެ ދެ ކުދިން ވެސް ތިބީ ކަރަންޓީނުގަ އެވެ. ނަމަވެސް އެ ކުދިންގެ ސާމަޕްލަގެ ނަތީޖާ އަދި ލިބިފައެއް ނުވެ އެވެ.

ކޮލަމާފުށިން މީހަކު ޕޮޒިޓިވްވުމުން އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިހާތަނަށް އެމީހާއާ ކޮންޓެކްޓުވި މީހަކު ފެނިފައެއް ނުވެ އެވެ.

ރާއްޖޭގައި މިހާތަނަށް 10،943 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، 9783 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މަރުވެފައި ވަނީ 35 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް