ads
މެމްބަރު އަހުމަދު ހަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހިޔާނާތް ހިންގިގޮތް ކިޔައިދީ އަދީބު ކުރަނީ ގައުމީ މަސައްކަތެއް: ހަލީމް
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކަންކަން ކޮށްފައިވާ ގޮތް ތަހުގީގީ އިދާރާތަކަށް ކިޔައިދީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރަމުން އަންނަނީ ގައުމީ މަސައްކަތެއް ކަމަށް ބިލަތްދޫ ދާއިރާއި މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ އެމްޑީޕީ މެމްބަރުން މަޖިލީހަށް އައީ އެމްއެމްޕީއާރްސިގެ މައްސަލަ ބަލާނެ ކަމަށް ބުނެ ކަމަށާއި، އަދި އެކަން ބަލާ ކަމަށް ހަލީމް ވިދާޅުވި އެވެ.  

އެމްއެމްޕިއާރްސީގެ މައްސަލައާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ބަލާ ޖަލަށް ހުކުމް ކޮށްފައިވާކަމަށް ހަލީމް ވިދާޅިވި އެވެ. 

ހަލީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަ ދައުލަތަށް ކިޔައިދީގެން އަދީބު މިއަދު ކުރަނީ ގައުމީ މަސައްކަތެއް ކަމަށެވެ. 

"މިއަދު އަހުމަދު އަދީބު އެ ކުރައްވާ ކަމަކީ ގައުމީ މަސައްކަތެއް. މިއަދު އަދީބު ގޭގަ ބަހައްޓައިގެން އަދީބަށް ބޭސްކޮށްދީގެންވެސް އަދީބުގެ ފުރާނަ ސަލާމަތްކޮށްގެން އަދީބު ލައްވާ އަޅުގަނޑުމެން އެބަ ހުރިހާ އެއްޗެއް ނެރުވަންޖެހޭ." ހަލީމް ވިދާޅުވި އެވެ.

ކުރެވުނު ކުށަށް އަދީބު މާފަށް އެދި ތައުބާ ވެފައިވާކަން ފާހަގަކޮށް ހަލީމް ވިދާޅުވީ އަދީބު ހުރީ ރާއްޖެއަށްޓަކާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ހުރިހާ ވާހަކައެއް ދައްކަން ކަމަށެވެ. އަދި ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ މިސަރުކާރުން ކާމިޔާބު ކޮށްފައިވާ ކަމަށެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް