ads
ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި ޕްރޮގުރާމްގެ ތެރެއިން
ކޮމަންޑޫ ވިޔަފާރި ކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން، އެ ރަށުގައި ވިޔަފާރި ކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން، އެ ރަށުގައި ހިންގި އެ ޕްރޮގްރާމްގައި، މިހާރަކަށް އައިސް ވިޔަފާރިކޮށް، ފައިސާ އެކައުންޓަށް ޖަމާކުރާއިރު ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތައް ހިނގަމުންދާތީ އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެ އެވެ.

އެގޮތުން ފިހާރަތަކުން މުދާގަނެ އޮންލައިންކޮށް ފައިސާ ދައްކާނަމަ ސައްހަ އެކައުންޓުތޯއާއި ސައްހަ ސްލިޕެއްތޯ ޔަގީންކުރުމާއި ފައިސާ ޖަމާވިކަން ޔަގީންކުރުމަށް ފަހު ތަކެތި ދޫކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާހޯދުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތުދީ އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން ވިޔަފާރިކުރާ ތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރުބަލައި އިތުރަަށް ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެ އެވެ.

އެ ޕްރޮގުރާމްގެ ތެރެއިން ފުލުހުންވަނީ ފިހާރައިގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސީސީޓިވީ ކެމެރާ ހަަރުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށްވެސް ނަސޭހަތްތެރިވެފައި ވެއެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް