މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މިރޭ 20:00 އިން ދަންވަރު 01:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައި ވަނީ އެ ރަށްތަކަށް ގަނޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަަމަށެވެ
އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.
އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވާއިރު ރާޅުގެ އުސްމިން އުޅޭނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަަމަށް މެޓްއިން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.