އޭސީސީގެ މެމްބަރުން މިއަދު ހާޒިރު ކުރަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހެނދުނު 11:00 އަށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކުރާއިރު މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ފާޑުކިޔުން ވަނީ އެ ކޮމިޝަނަށް އަމާޒުވެފަ އެވެ.
އެގޮތުން އިއްޔަ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް މެމްބަރުން ވަނީ މާލޭސިޓި މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް އެދި އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވުމުން އެކަމުގެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އާއި ބޮޑެތި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ލަސްކަމަށް ބުނެ އެކަން ވަނީ ފާހަގަކޮށްފަ އެވެ.
އެމްޑީޕީގެ މެމްބަރުން ވަނީ އޭސީސީގެ މެމްބަރުން މައްސަލަތައް ބެލުމަށް ނާގާބިލު ވެފައިވާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.