ads
ބޭރަށް ހިންގުން ޖެހިފައިވާ މީހަކު ބަނޑުގައި އަތް އަޅައިގެން-- ފޮޓޯ: އައިރިޝް ކެންސާ ސޮސައިޓީ
ބޭރަށް ހިންގުން ޖެހޭ އަދަދު މަދުވެއްޖެ
ވޭތުވެދިޔަ އަހަރުތަކުގެ ފަހުކޮޅާ އަޅާ ބަލާއިރު މި އަހަރު ބޭރަށް ހިންގުން ރިޕޯޓްކޮށްފައިވާ އަދަދު މަދުވެއްޖެ އެވެ.

އާންމުކޮށް އަހަރުތަކުގެ ފަހުކޮޅު ބޭރަށް ހިނގުން އިތުރުވެފައިވީ ނަމަވެސް، މި އަހަރު ފަހުކޮޅު ބޭރަށް ހިންގުން ރިޕޯޓްކޮށްފައިވާ އަދަދު މަދުކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާންމުކުރި ރިޕޯޓުގައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު އޮގަސްޓް މަހުގައި ބޭރަށް ހިންގުމުގެ 919 ކޭސް ރިޕޯޓުކޮށްފައި ވާއިރު، އެ މަހުގެ ފަހު ހަފްތާގައި ބޭރަށް ހިންގުމުގެ 242 ކޭސް ރިޕޯޓްކޮށްފައި ވެއެވެ. ފާއިތުވި ސެޕްޓެމްބަރު މަހު 767 ކޭސް ރިޕޯޓްކޮށްފައި ވާއިރު، އެ މަހުގެ ފަހު ހަފްތާގައި 184 ކޭސް ރިޕޯޓުކޮށްފައި ވެއެވެ.

ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި، ކާބޯތަކެތި ރަނގަޅަށް ސާފުކޮށް ކައްކައިގެން ބޭނުންކުރުމާއި، ދިރޭ ސޫފާސޫތްޕަށް ނުވަދެވޭނެ ހެން ސާފު ތަނެއްގައި ކާބޯތަކެތި ރައްކާކުރުމާއި، ބަންދުކޮށްފައިވާ، ނުވަތަ ވޯޓާ ސަޕްލައި ފެން ކައްކައިގެން ބޭނުންކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

ބޭރަށް ހިންގުން ޖެހިއްޖެ ނަމަ، ލޮނުޕެކެޓު ނުވަތަ ދިޔާ ތަކެތި ބޭނުން ކުރުމަށާއި، އާންމުން އުޅޭ ސަރަހައްދަށް ނުނިކުތުމަށާއި، އަލާމާތްތައް ނުފެންނަތާ ދެ ދުވަސް ވަންދެން ގޭގައި އަރާމު ކުރުމަށާއި، ރަނގަޅު ނުވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

މި އަހަރުގެ ފަހު ކޮޅު ބޭރަށް ހިންގުން މަދުވެފައި ވާއިރު، ވައިރަލް ހުމާއި، ފާނަބަސަންދާއި، ލޮލުރޯގާ އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް