ads
ޕްރިޔަންކާ އާއި ނިކް--
ކައިވެންޏަށް އަހަރެއްވުމުން ޕްރިޔަންކާ ހަދިޔާކުރީ ނިކްއަށް ކުއްތާއެއް!
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެންޏަށް މިހާރު މިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވެފަ އެވެ. ކައިވެނީގެ އެނިވާސަރީ ގާތްވެފައިވަނިކޮށް ޕްރިޔަންކާ މިވަނީ އޭނާގެ ފިރިމީހާއަށް ސަޕްރައިޒެއްދީ ދުވަހުގެ ތަހުނިޔާ ކުރިޔާލާ ފޮނުވާފަ އެވެ.

އިއްޔެ ހެނދުނު ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލި ވީޑިއޯގައި ފެނިގެންދަނީ ނިކް ނިދާފައި އޮއްވާ އޭނާއަށް ކުއްތާއަށް ހަދިޔާ ކުރާ މަންޒަރެވެ. ނިކް އުފަލުން ފޮޅިގެން ހުރެ ނިދިން ހޭލާ މަންޒަރު ވެސް ފެނެ އެވެ.

އުމުރުން 27 އަހަރުގެ ނިކް ވަނީ އެކަމަށްޓަކައި އޭނާގެ އަންހެނުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ލިބުން ހަދިޔާއާ ހުރެ ހެނދުނުއްސުރެ އޭނާގެ މޫނުމައްޗަށް އުފާވެރިކަން ގެނުވާފައިވާ ކަމަށް ވެސް ބުންޏެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޕްރިޔަންކާ އާއި ހޮލީވުޑުގެ ތަރި، ނިކް އިންޑިއާގެ ޖޯދްޕޫރުގައި ހުންނަ އުމައިދު ބާވަން ޕެލަސްގައި ކައިވެނި ކުރިއިރު އެ ހަފުލާގައި ފިލްމީ ދާއިރާގެ ގިނަ ތަރިންތަކެއް ބައިވެރިވިވެފައި ވެއެވެ.

ނިއުޔޯކަށް އުފަން ނިކްއާ ކައިވެނި ކުރުމުން އެންމެ ގިނަ ބަޔަކު ފާޑުކިޔާފައި ވަނީ ނިކްއަކީ އޭނާއަށް ވުރެ 10 އަހަރު ހަގު މީހަކަށް ވުމެވެ. އެކަމަކު މީހުންގެ ފާޑުކިޔުންތަކަށް ދެ ތަރިން ސަމާލުކަމެއް ނުދެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް