ads
ނޫސްވެރިންގެ އެއްވުމެއްގެ ތެރެއިން-- ފޮޓޯ: ވޮއިސް
ދިޔަރެސްގެ ނޫސްވެރިއަކަށް ބިިރު ދެއްކި މައްސަލަ ބަލަން ފަށައިފި
ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ނޫސްވެރިޔާ އަޒާނަށް އިންޒާރުދިން މައްސަލަ ފުލުހުންނަށް މިމަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާއިރު އެމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

މިމަހުގެ 12 ވަނަ ދުވަހު އަހްމަދު އަޒާން އަދި ނާހިލް އަހްމަދަށް މަގުމަތިން ފުރައްސާރަކޮށް ބިރު ދެއްކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކަމަށް އެމީހުން ތުހުމަތު ކުރެ އެވެ.

އެ މައްސަލަ މިހާރު ފުލުހުން ބަލަމުން އަންނައިރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ އެމައްސަލަ ބަލަން ގޮވާލާފަ އެވެ. 

ދިޔަރެސް ނޫހުގެ ނޫސްވެރިންނަށް އަލްހާން އާއި އިތުރު މީހަކު ފުރައްސާރަ ކުރީ ސައިކަލުގައި ދަތުރު ކުރަނިކޮށް މަގުމަތިން ދިމާވެގެން ކަމަށް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް