އެ ބިޔުރޯ އިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ މިލަދުންމަޑުލު ދެކުނުބުރި (ނ. އަތޮޅު)ގެ އާބާދީގެ އަންދާޒާއިން ދައްކާގޮތުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ ޖުމުލަ 13 ރަށް އޮންނައިރު މުޅި އަތޮޅުގައި ތައުލީމް ހާސިލްކުރާ ޖުމުލަ 3097 ކުދިން އުޅެ އެވެ.
އޭގެ ތެރެއިން ތައުލީމް ހާސިލްކުރާ ކުދިން އެންމެ ގިނަ ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ 420 ކިޔަވާ ކުދިން ތައުލީމް ހާސިލު ކުރަމުންދާ އެ އަތޮޅު ކެނދިކުޅުދޫއެވެ. އެ ރަށަކީ ނ. އަތޮޅުގައި ބިމުގެ ގޮތުންވެސް އެންމެ ބޮޑު ރަށެެވެ.
ދެން އެންމެ ގިނައިން ކިޔަވާ ކުދިން އުޅެނީ އެއަތޮޅު ހޮޅުދޫ އާއި ވެލިދޫގައެވެ. އެގޮތުން ހޮޅުދޫގައި 403 ކުދިން ތައުލީމް ހާސިލް ކުރާއިރު ވެލިދޫގައި 401 ކުދިން ތައުލީމް ހާސިލް ކުރަމުންދެއެވެ.
ނ. އަތޮޅުން 400 އާއި 211 އާ ދެމެދުގެ އަދަދެއްގެ ކިޔަވާ ކުދިން އުޅޭ ރަށްތައް
ނ. އަތޮޅުން 200 އާއި 100 އާ ދެމެދުގެ އަދަދެއްގެ ކިޔަވާ ކުދިން އުޅޭ ރަށްތައް
އެ އަތޮޅުން ތައުލީމް ހާސިލްކުރާ އެންމެ ގިނަ ކުދިން ކެނދިކުޅުދޫގައި އުޅޭއިރު އެ ރަށުގައި އެންމެ ގިނަ ކުދިން ތައުލީމް ހާސިލް ކުރަަނީ ޕްރައިމަރީ އަދި ޕްރީ- ޕްރައިމަރީ ލެވެލްގައެވެ.
ނ. އަތޮޅަކީ ކުދި ރަށް ގިނަ އަތޮޅެކެވެ. އަދި އެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި 50 ހެކްޓަރަށް ވުރެން ކުޑަ ނުވަ ރަށް އޮވެއެވެ. އޭގެ ތެރެއިން އެންމެ ކުޑަ ރަށަކީ 14 ހެކްޓަރުގެ ބިމެއް އޮންނަ ނ. ހެނބަދޫއެވެ.
މުޅި ރާއްޖޭގެ އާބާދީގެ ތިން އިންސައްތަ ދިރިއުޅޭ ނ. އަތޮޅުގައި ދިރިއުޅޭ ޖުމުލަ އާބާދީއަކީ 16،706 އެކެވެ. އެ އަތޮޅުގައި އެންމެ ގިނަ މީހުން ދިރިއުޅޭނީ ވެލިދޫގައެވެ.