މި މަހުގެ ހަތަރުވަނަ ދުވަހު ކުޅެން އޮތް މި މެޗު ކެންސަލް ނަޕޯލީން މެޗަށް އާދޭތޯ ސާޅީސް ފަސް މިނިޓް ބެލުމަށް ފަހު އެވެ.
އިޓާލިއަން ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ޔުވެންޓަސްގެ ދަނޑުގައި ކުޅެން އޮތް މެޗަށް ނަޕޯލީން ހާޒިރުނުވީ އެ ޓީމުގެ ދެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓީވްވުމާއި ގުޅިގެންނެވެ. މި މެޗަށް ނަޕޯލީ ހާޒިރުނުވުމުން ތިން ލަނޑު ސުން ލަނޑުން ޔުވެންޓަސް މޮޅުވީ ކަމަށް ނިންމުމުގެ އިތުރުން ނަޕޯލީއަށް ލިބިފައިވާ ޕޮއިންޓުން އެއް ޕޮއިންޓް އުނިކުރަންވެސްވަނީ ނިންމާފައެވެ.
އިޓަލީގެ ސިއްހީ އިދާރާއިން ނަޕޯލީގެ ދެ ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިވާން އެންގުމުން މެޗު ފަސްކޮށްދިނުމަށްވެސް ނަޕޯލީން އެދުނެވެ. އެހެންނަމަވެސް މެޗު ފަސްކޮށްނުދީ ނަޕޯލީއާ ދެކޮޅަށް ފިޔަވަޅުވެސް އެޅީއެވެ.