ads
"މަޖިލިސް ރައީސާއި މެމްބަރުން ދޫރައްކާތެރި ކުރަން ނަސޭހަތްތެރިވަން"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެމްބަރުން ދޫރައްކާތެރި ކުރުމަށް ޖަމިއްޔަތުއްސަލަފުން ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެމްބަރުން ދޫރައްކާތެރި ކުރުމަށް ޖަމިއްޔަތުއްސަލަފުން ގޮވާލައިފިއެވެ.

ޖަމިއްޔަތުއްސަލަފުން ބަޔާނެއް ނެރެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މޮސްކޯގޭ އަލީ ޖަލީލާއި ޖަމިއްޔަތުއްސަލަފާއި ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

ސަލަފްގެ ބަޔާނުގައި ބުނެފައިވަނީ، އަލީ ޖަލީލަކީ ޖަމިއްޔަތުއްސަލަފުގައި ދުވަހަކުވެސް މަސައްކަތް ކޮށްފައވާ މީހެއް ނޫންކަމަށެވެ.

"އަދި ޖަމިއްޔަތުއްސަލަފަށް ނިސްބަތްވާ އިލްމުވެރިންނާއި، އެ ނޫންވެސް ރާއްޖޭގެ އިލްމުވެރިންނަކީ ދީނުން ބޭރުވެފައިވާ ކާފަރުންކަމުގައި، އަލީ ޖަލީލާއި އޭނާގެ ފިކުރަށް ތަބާވާ މީހުންވަނީ އެތައް ފަހަރަކު ބުނެފައެވެ." ޖަމިއްޔަތުއްސަލަފުގެ ބަޔާނުގައި ވެއެވެ.

ސަލަފުން ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ މަޤާމުފަދަ ޒިންމާދާރު މަޤާމެއްގައި ހުންނަވާ ބޭފުޅަކު އަސްލެތްނެތް ވާހަކަ ދެއްކުމަކީ ހިތާމަކުރާކަމެއްކަމަށެވެ. އަދި މަޖިލީހުގެ ރައީސް އާއި މެމްބަރުން ދޫރައްކާތެރިކުރުމަށް ނަސޭހަތްތެރިވާކަމަށް ސަލަފްގެ ބަޔާނުގައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް