ޑެންމާކު އަތުން އިނގިރޭސިން ބަލިވީ ވެމްބްލީގަ އެވެ. މި މެޗުގައި އިނގިރޭސި ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކި އެވެ.
އިންގްލެންޑްގެ ހެރީ މެގުއާއަށް ރަތް ކާޑު ދައްކައި ފޮނުވާލީ މެޗުގެ އެއްތިރީސްވަނަ މިނިޓުގަ އެވެ. ޑެންމާކުން ލަނޑު ޖެހީ އޭގެ ކުޑަ އިރުކޮޅެއް ފަހުންނެވެ.
އަދި މެޗު ނިމެން ކައިރިވެފައި ވަނިކޮށް އިންގްލަންޑަށް ދެވަނަ ރަތެއް ދެއްކި އެވެ. ޑެންމާކް މޮޅުވި ލަނޑު ކްރިސްޓިއަން އެރިކްސަން ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.
އިންގްލަންޑް ގްރޫޕުގެ ރޭގެ ނަތީޖާތަކާއެކު އެއްވަނައިގަ އޮތީ ބެލްޖިއަމް އެވެ. އެއީ ރޭ އައިސްލަންޑް އަތުން ހޯދި މޮޅާއި އެކުއެވެ.
ދެވަނައިގަ ޑެންމާކު އޮތީ އިންގްލަންޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެން އެކަމަކު ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. އައިސްލަންޑް އޮތީ ގްރޫޕުގެ އެންމެ ފުލުގައެވެ.