އައިއޯއައިޖީއާ ގުޅޭ ގޮތުން އޮލިމްޕިކް ކޮމިޓީގެ އެކްސްކޯއާ ވަޒީރު ބައްދަލު ކުރެއްވި އިރު، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ބައިވެރިވެވަޑައެއް ނުގަންނަވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް މިދިޔަ އަހަރު ރާއްޖޭގެ ކޮންޓިންޖެންޓް ދަތުރު ކުރިއިރު، އަދި އެތައް މެޑައްޔެއް ހޯދައި އެކަން ފާހަގަ ކުރި އެއްވެސް ތަނަކުންވެސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދެއް ނުފެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ކުޅިވަރާ ބެހޭ ވަޒީރުގެ މަގާމާ އަޙްމަދު މަޙްލޫފް ހަވާލުވިފަހުން، އެމްއޯސީން ވަޒީރާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ.