ads
ނިއާ ޝަރްމާ-
ޝަގުންމެންގޭ މަސައްކަތު މީހާއާއެކު ނިއާ ނަށަނީ
އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ނިއާ ޝަރްމާ ޕާޓީ ކުރާ ވީޑިއޯއަކަށް އާންމުންގެ ސަމާލުކަން ލިބިއްޖެ އެވެ.

ޓީވީ ދެ ތަރިން ކަމަށްވާ ޝަގުން މެހެތާ އާއި ރަވީ ދުބޭމެން ދިރިއުޅޭ ގޭގައި ބޭއްވި ޕާޓީއެއްގައި އާޝާ ނެގީ އާއި ނިދީ ދޯގްރާ އަދި ކަރަން ވާހީ ފަދަ ތަރިން ބައިވެރިވި އެވެ.

އެންމެ ގިނަ ބައެއްގެ ސަމާލުކަން ނިއާއަށް ލިބިފައި މިވަނީ އެގޭގައި މަސައްކަތްކުރާ މީހާއާއެކު އޭނާ މަޖާ ވަގުތުކޮޅެއް ހޭދަކުރާ ވީޑިއޯއެއް އާންމުވުމުންނެވެ. އެގޮތުން މަރާތީ ލަވައަކަށް ދެ މީހުން ނަށާ މަންޒަރު ފެނިގެންދާއިރު ފަހަތުގައި ތިބެ އެހެން ތަރިން ވަނީ ނިކަން ފޯރިނަގާފަ އެވެ. 

ސްޓާ ޕްލަސް އިން ދެއްކި ޑްރާމާއަކުން މަގްބޫލުވެގެންދިޔަ ނިއާއަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ތަރިއެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް