އަކްރަމް އެންމެ ފަހުން ކުޅުނީ ޓީސީ ސްޕޯޓަސްއަށެވެ. އަކްރަމް ވެލެންސިއާއަށް ސޮއިކޮށްފައިވާއިރު، އެ ޓީމުގެ ޕްރެކްޓިސް މާދަމާ ފަށާނެއެވެ.
ސާފު ޗެމްޕިއަންޝިޕް 2018 ވަނަ އަހަރު ހޯދިއިރު ކެޕްޓަނަކަށް ހުރި އަކްރަމް މީގެ ކުރިންވެސް ވެލެންސިއާއަށް ކުޅެފައިވެއެވެ. އަކްރަމް ފުރަތަމަ ވެލެންސިއާ އަށް ކުޅުނީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން ވެލެންސިއާއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. 2016 ވަނަ އަހަރުވެސް އަކްރަމް ވެލެންސިއާއަށް ކުޅުނެވެ.
ވެލެންސިއާއިން އެއްވަނަ ޑިވިޝަނަށް މި އެރީ އެއް އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ. އެއީ 2017 ވަނަ އަހަރު ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވުމުންނެވެ.