ވިޔަފާރި /
މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ކްރޮސްރޯޑުގައި ހުންނަ މެރީނާއަށް
27 ނޮވެންބަރ 2019 - 15:01:48
ވިލިނގިލީގައި ހުންނަ މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ކްރޮސްރޯޑުގައި ހުންނަ މެރީނާ ބަލާލުމަށް ދަތުރެއްކޮށްފިއެވެ.
ވިލިމާލޭގައި ހުންނަ މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ކްރޮސްރޯޑުގައި ހުންނަ މެރީނާ ބަލާލުމަށް ދަތުރެއް ކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް ޑިސްކަވަރީ ސެންޓަރު އަދި މެރިން ޑިސްކަވަރީ ސެންޓަރުތައް ބަލާލުމަށް މެރީނާ އިން ކުރިއަށް ގެންދިޔަ ހަރަކާތުގައި މުހިއްޔުއްދީން ސުކޫލުގެ 18 ދަރިވަރުން ވަނީ ބައިވެރިވެފައިވެ އެވެ.
މިދަތުރުގެ ބޭނުމަކީ ރާއްޖޭގެ ސަގާފަތާއި ތިމާވެއްޓާ ބެހޭގޮތުން ދަރިވަރުންނަށް ހޭލުންތެރިކަން އިތުރު ކުރުމެވެ.
މިދަތުރުގައި ދަރިވަރުން ރާއްޖޭގެ ފަންނީ ހުނަރުވެރިކަމާއި ރާއްޖޭގެ ތަފާތު ޖިއޮގުރަފީ އާއި ކަނޑުގެ ދިރުންތައް އަދި މުރަކަ އިންދުމަށްޓަކަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހޯދި އެވެ.
ކްރޮސްރޯޑުގައި ހުންނަ މެރީނާ އާންމުންނަށް މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހުޅުވާލާފައިވާއިރު މިއީ މާލެއިން ފުރައިގެން 10 މިނެޓު ތެރޭގައި ދެވޭ ތަނެކެވެ.
މެރިނާގައި އަންނަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެތެރޭގައި ދުނިޔޭގެ ގިނަ ބްރޭންޑުގެ ނަން މަޝްހޫރު ވިޔާފާރިތައް ހިންގުމާއި، ތަފާތު ވައްތަރުގެ ކެއުންތައް ހުރިހާ އުމުރުފުރާތަކަށް ގުޅޭނެހެން ލިބެން ހުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް