ads
ފޮޓޯ: ފެނަކަ
ހދ. އަތޮޅުގެ ތިން ރަށެއްގައި ހަދާ ފެނަކައިގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި
ހދ. އަތޮޅުގެ ތިން ރަށެއްގައި ހަދާ ފެނަކައިގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.

ފެނަކައިގެ އާ އިންޖީނުގެތަށް އެޅުމަށް ނިންމާފައިވަނީ ހދ. ނެއްލައިދޫ، ވައިކަރަދޫ އަދި އެ އަތޮޅު ކުމުންދޫ ގަ އެވެ. 

ނެއްލައިދޫގައި އަދި ވައިކަރަދޫގައި އަލަށް އިމާރާތް ކުރާ އިންޖީންގެއާއި އޮފީސް ބްލޮކްގެ ބިންގާ އަޅައިދެއްވީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ. މި ތިން ރަށުގައި އަލަށް ގައިމުކުރާ ފެނަކައިގެ އިންޖީންގޭގެ ބިންގާ އަޅާފައިވަނީ އިއްޔެ މިކަމަށް ބޭއްވި ރަސްމިއްޔާތުތަކުގަ އެވެ. 

ނެއްލައިދޫގެ ގައި ގާއިމުކުރާ އިންޖީންގެއާއި އޮފީސް ބްލޮކްގެ މަސައްކަތަކީ 280 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. 

ވައިކަރަދޫގައި ގާއިމުކުރާ އިންޖީންގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އަދި ކުމުންދޫގައި ގާއިމުކުރާ އިންޖީންގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް