ads
މާލޭގެ މަގުމަތި--
ކާފިއުގެ ވަގުތަށް ބަދަލު ގެނެސްފި
މާލޭ ސަރަހައްދުގައި އިއުލާންކުރި ކާފިއުގެ ވަގުތަށް ބަދަލު ގެނެސްފި އެވެ.
Advertisement

މާލޭ ސަރަހައްދުގައި ކުރިން ކާފިއު ހިންގަމުން އައި ރޭގަނޑު 10 އިން ފެށިގެން ފަތިހު 5:00 އަށެވެ. އެކަމަކު އެޗްޕީއޭ އިން މިރޭ އާންމުކުރި އެންގުމުގައި ބުނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ. 

އޭގެ އިތުރުން މާލޭ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހުރިހާ ހިދުމަތްތައް، ރޭގަނޑު 10:30 އިން ފެށިގެން ފަތިހު 4:00 އަށް ހުއްޓާލުމަށް ވެސް އަންގާފައިވެ އެވެ. 

ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެރަނަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން ކާފިއުގެ ވަގުތަށް ލުއިދީފައިވާއިރު އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، ހުރިހާ އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގާފަ އެވެ. 

އަދި، އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެދިފައިވެ އެވެ. 

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށްވާން ފެށުމާއެކު މިއީ ދިން ދެވަނަ ލުޔެވެ. މިފަހުން ވަނީ ކުރިން 8:00 އިން ފެށިގެން 10:00 އަށް އުޅަނދު ދުއްވުން މަނާކޮށްފައިވާ ވަގުތަށް ވެސް ލުއިދީފަ އެވެ. 

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް