ads
ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ކަށުކަމާއި ކެމީގެ ކަންކަން ކުރާ ޓީމު--
ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ
ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ އެެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތުދޭ ގޮތުގައި މިއަދު ހެނދުނު 7:00 ގައި މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އެ މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެއް ކަމަށް ވެސް ބުނެ އެވެ. 

އެއާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 36 އަށް އަރާފަ އެވެ. 

ރާއްޖެއިން ކޮވިޑްގައި 35 ވަނަ މީހަކު މަރުވެފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެމީހާ މަރުވެފައި ވަނީ ރާއްޖޭގައި ކޮވިޑް ޖެހިގެން މީހަކު މަރުނުވާތާ ތިން ވަރަކަށް ހަފުތާ ފަހުންނެވެ. 

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 11،154 އަށް އަރާފައިވާއިރު ބަލީގައި ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 9995 ގަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 1117 އަށް ތިރިކުރެވިފައިވާއިރު ރާއްޖެއިން ކޮވިޑުން ރައްކާތެރިވުމަށް އެޅި ބައެއް ފިޔަވަޅުތަކަށް ވެސް ވަނީ ލުއިތައްދޭން ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް