ads
ފޮޓޯ: ކޭއޯ
ކުޅުދުއްފުށިން ގޭހަށް ޖެހިއްޖެ
ހދ. ކުޅުދުއްފުށީ ސިޓީ އިން ގޭސް ހުސްވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި ކުޅުދުއްފުށީ ސިޓީން ގޭސް ހުސްވެފައިވާއިރު، އެ ރަށުން ހަމައެކަނި ގޭހުގެ ހިދުމަތްދޭ ސޭމް ގޭހުން މައުލޫމާތު ދިން ގޮތުގައި މިރޭ ދަންވަރުން ފެށިގެން ކުޅުދުއްފުށްޓަށް އަލުން ގޭހުގެ ހިދުމަތް ލިބެން ފަށާނެ އެވެ.

އެގޮތުން މިދިޔަ ހަފްތާގައި ގޭސް ބަރުކުރުމަށް މާލެއަށް ދޯންޏެއް ފޮނުވާފައިވާ ކަމަށާއި، ނަމަވެސް މާލެ ސަރަހައްދުގެ މޫސުމް ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން އެ ދޯންޏަށް އާދެވިފައިނުވާ ކަމަށް ބުނެ އެވެ. މީގެ އިތުރުން މިއަދު އިތުރު ދޯންޏެއް ގޭސް ބަރުކުރުމަށް ފޮނުވާފައިވާ ކަމަށްވެސް ސޭމް ގޭހުން ބުނެ އެވެ.

މިއީ އެއް ދުވަސްވަންދެން ކުޅުދުއްފުށިން ގޭސް ނުލިބި ހޭދަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށް ސޭމް ގޭހުން މައުލޫމާތުދޭ ގޮތުގައި އެތަނަކީ އެ ސިޓީއަށް ގޭސް ފޯރުކޮށްދޭ ހަމައެެކަނި ވިޔަފާރި އެވެ. 

ކުޅުދުއްފުށިން ގޭސް ހުސްވެފައިވާ އިރު، އެ ރަށަށް ގެންދާ ގޭހުގެ ބޮޑު ބައެއް އުތުރުގެ ތިން އަތޮޅުގެ ރަށްތަކަށް ވެސް ފޮނުވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް