ހާޓްއެޓޭކެއް ޖެހި ޓަމަޅަ އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ބާލާ ސިންގް މަރުވެއްޖެއެވެ.

Advertisement
ހާޓްއެޓޭކެއް ޖެހި ޓަމަޅަ އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ބާލާ ސިންގް މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ބާލާ މަރުވެފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
ކާނާ ވިހަމުގެ ސަބަބުން ބާލާ ހޮސްޕިޓަލުގައި އެޓްމިޓްކޮށްފައި ވަނިކޮށް އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށްވެސް ނުސްތަކުން ބުނެ އެވެ.
ފިލްމު އިންޑަސްޓްރީ އަދި ބާލާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތާމަ ފާޅުކުރަމުންނެވެ.
ބާލާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާ މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "އެންޖީކޭ" އާއި "ވައްލާ ދޭސަމް" އާއި "އައްތު" އަދި "ޕުދުޕެެއްޓައި" ހިމެނެ އެވެ.
އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "މަގާމުނި" އިންނެވެ. އެފިލްމުގައި އޭނާ ފެނިގެން ދިޔައީ ސިޔާސީ މީހެއްގެ ރޯލުންނެވެ.